English Edition
Dhivehi Edition
ހުޅުމާލެމަގެއްގައި ކާރުތަކެއް ޕާކުކޮށްފައި

“ސައިބަރ އެކްސްޕޯ 2024” ބޭއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ފަސް ފަރާތަކާ ދެމެދު ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި، މި ފަހުމުނާމާތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ.

މި އެކްސްޕޯގެ ބްރޯންޒް ޕާޓްނަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސައިން ނައުފަލްއެވެ. ބޭންކިންގ ޕާޓްނަރ، މޯލްޑިވްސް އިސްލާމިކް ބެންކުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ރިޟާއެވެ. މީޑިއާ ޕާޓްނަރ، ޕަބްލިކް ސާވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސަޢީދުއެވެ. ޓެލެކޮމިއުނިކޭޝަން ޕާޓްނަރ، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިސްމާއީލް ރަޝީދުއެވެ. އަދި ކޭޓަރިންގ ޕާޓްނަރ، ޕާކްސައިޑްގެ ފަރާތުން ސޮއިކުރެއްވީ ޕާކްސައިޑްގެ ވެރިޔާ އަލީ ތައުފީޤްއެވެ.

މި ޑިސެމްބަރު މަހުގެ 10 އިން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިިފައިވާ މި ސައިބަރ އެކްސްޕޯއަކީ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ފަންނީ ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކްސްޕޯއެކެވެ.

މި އެސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަރ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.