ހުޅުމާލޭ ކެފޭއަކަށް ވަދެ ރޭ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ހުޅުމާލޭގެ ރާކަނި ބީޗްގައި ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް އެމީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މާރާމާރީގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ސައިކަލެއްގައި އެ ކެފޭއަށް އައި ދެމީހުންގެ ތެރެއިން އެކަކު ކެފޭ ތެރޭހުރި މީހަކަށް ހަމަލާދޭ މަންޒަރު ފެނިގެން ދެއެވެ.