އެފްއޭކަޕްގައި ރޭ ކުޅުނު ދެމެޗު ލިވަޕޫލާއި ޔުނައިޓެޑު ކާމިޔާބު ކޮށްފިއެވެ. ރޭގެ މެޗުން ލިވަޕޫލް މޮޅުވީ އެވަޓަންއާ ބައްދަލުކޮށެވެ. އެ މެޗުން އެޓީމް މޮޅުވީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މި ޖެނުވަރީ ޓްރާންސްފާގައި އެޓީމާ ގުޅުނު ނެދަލެންޑްސްގެ ފުލް ބެކް ވާޖިލް ވެން ޑައިކްގެ ލަނޑުންނެވެ.
ރޭ ލިވަޕޫލްގެ އެންފިލްޑްގައި ކުޅުނު އެ މެޗުގައި އެޓީމުންވަނީ އެވަޓަންގެ ގޯލަށް އަމާޒުކޮށް ގިނަހަމަލާތަކެއް އުފައްދައިފައެވެ. އެހެންނަމަވެސް އެވަޓަންގެ ކީޕަރު ވަނީ ހުޝިޔާރު ކަމާއެކު އެހަމަލާތައް ދިފާއުކޮށްފައެވެ.
އެމެޗުގެ 35 ވަނަ މިނެޓުގައި ޖޭމްސް މިލްނާ ވަނީ ލިވަޕޫލަށް ލީޑުނަގައިދީފައެވެ. އޭނާ އެ ލަނޑުކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދައިގެންނެވެ. އެޓީމް ލީޑުނަގައިފައިވަނިކޮށް އެވަޓަންގެ ގިލްފީ ސިގާސަން ވަނީ މެޗުގެ 64 ވަނަ މިނެޓްގައި ލިވަޕޫލްކޮޅަށް ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ރޭގެ މެޗުން މޮޅުވި ލަނޑު ލިވަޕޫލަށް ޖަހައިދިނީ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި ލިވަޕޫލާ ގުޅުނު ވެން ޑައިކެވެ. އެ ނަތީޖާއާއެކު އެޓީމުންވަނީ އެފްއޭކަޕްގެ ގަދަ ހަތަރަކުން ޖާގައެއް ކަށަވަރު ކޮށްފައެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލު ކުރީ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑާއި ހަތަރު ވަނަ ޑިވިޝަނުގެ ޑާބީ ކައުންޓީ އެވެ. އެ މެޗުގެ ފަހުހާފްގެ ފަހު 10 މިނެޓް ތެރޭގައި ޖެހި ދެ ލަނޑު ޖަހައި ޔުނައިޓެޑުންވަނީ ޑާބީ ކައުންޓީ ބަލިކޮށް ހަތަރު ވަނަ ބުރުން ފުރުސަތު ހޯދައިފައެވެ.
ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ޔުނައިޓަށްވަނީ ލިބިފައެވެ. އެހެން ނަމަވެސް ހަތަރު ޑިވިޝަންގެ ޑާބީ ކައުންޓްރީގެ ގޯލަށް ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ.
ރޭގެ މެޗުގައި ޔުނައިޓެޑުން ކާމިޔާބު ކުރި 2 ލަނޑުގެ ތެރެއިން އެއް ލަނޑު މެޗުގެ ފަހު މިނިޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފްގައި ކުޅެން ނިކުތް ލުކާކޫ އެވެ. ޔުނައިޓެޑްގެ އަނެއް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ލުކާކޫ ތަނަވަސް ކޮށްދިން ފުރުސަތަކުން ލިންގާޑެވެ.