English Edition
Dhivehi Edition
ފޮޓޯ: ޒީ ޓައިމްސް

ދިވެހި ބޭސްވެރިކަމުގެ ކޯސްތައް އަންނަ އަހަރު ފެށުމަށް މޮލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުވެމުން އަންނަކަމަށް އެ އިދާރާގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިގިއްޔަށާއި ގދ. ގައްދޫއަށް ކުރެއްވި ދަތުރަށްފަހު، އެ އިންސްޓިޓިއުޓްގެ ސީއީއޯ ޛޫޝާން ވިދާޅުވީ މި ދަތުރަކީ ކާމިޔާބު ދަތުރެއްކަމަށެވެ. އަދި މިގޮތަށް އަތޮޅުތަކަށް ކުރެވޭ ދަތުރުތަކުން ރަށްރަށުގެ މީހުން ތަމްރީންވާން ޑިމާންޑް ހުރި ދާއިރާތަކާއި، ރާއްޖެއަށް ހިއުމަން އިންސާނީ ވަސީލަތްތައް ބޭނުންވާ ދާއިރާތައް ދެނެގަތުމަސް ފަސޭހަވެގެން ދާކަމަށާ، އައު ކޯސްތައް ފެށުމަށް ބޭނުންވާ މައުލޫމާތާއި ފަންނުވެރިން ހޯދުމަށްވެސް ފަސޭހަވެގެންދާކަމަށެވެ.

މި ޒިޔާރަތުގައި މޯލްޑިވިސް ނެޝަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޕޮލިޓެކްނިކްގެ ދެ ކެމްޕަސް ކަމަށްވާ، ގދ. ގައްދޫ އަދި ގއ. ވިލިނގިލި ކެންޕަސްއަށް ޒިޔާރަތްކޮށް، އެ ދެ ކެމްޕަހުގައި އެކި ދާއިރާތަކުގެ ކޯސްތަށް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަމާމެދު މަޝްވަރާކުރެވުނެވެ. އެގޮތުން، ގއ.ވިލިނގިލީ ކައުންސިލާއި އެ ރަށުގެ އެކި ބޭފުޅުންގެ ފަރާތުން ވަނީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން ތަމްރީނުވުމުގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް އެދިފައެވެ.

ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަ ކުރައްވާ ޛޫޝާން ވިދާޅުވީ މި ދަތުރުގފެ ތެރެއިން ރާއްޖެއިން ނެތިގޮސދްދާނެކަމުގެ ބިރު އޮތް، ދިވެހި ބެސްވެރިކަމުގެ ފަންނުވެރިންނާއި ދިމާވެ، އެބެފުޅުންނާއި ގުޅިގެން އެ ދާއިރާއިން ކޯސްތައް ފެށުމާއި ގުޅޭގޮތުން މަޝްވަރާކުވެރިފައިވާކަމަށެވެ. އަދި އަމާޒަކީ އަންނަ އަހަރު އެކޯސްތައް ފެށޭވަރުކުރުންކަމަށެވެ.

ނެތެމުންދާ ފަންނުތަށް ދިރުވާ އާލާކުރުމަކީ މޯލްޑިވިސް ޕޮލިޓެކްނިކްގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް. މި މަޤްސަދު ކާމިޔާބުކުރުމަށް އަމާޒުކޮށް، ޕޮލިޓެކްނިކް އިން ވަނީ އެމްއެންއެސްޑީއޭ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އެއްބާރުލުމާއެކު މުޅިން އައު 5 ކޯހެއް ތަޢާރަފްކުރުމަށް ކަނޑައަޅާފަ. އެގޮތުން، ޕޮލިޓެކްނިކުން މި އަންނަނީ 2025 ވަނަ އަހަރު ތެރޭގައި، ޕޮލިޓެކްނިކްގެ ގއ.ވިލިނގިލި ކެމްޕަސްގައި، ދިވެހި ބޭސްވެރިކަމާއި ގުޅޭ ޤައުމީ ފެންވަރުގެ ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތްތަށް ފަށުމަށް ތައްޔާރުވަމުން.

މޯލްޑިވިސް ޕޮލިޓެކްނިކް އަންނަނީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ރަށްރަށުގައި ތިބެގެން ތައުލީމް އުގެނުމުގެ ފުރުސަތު ފަހިކުރުމާއި ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް މާލެ އާއި އަތޮޅުތަކުގައި ކޯސްތައް ރާވާ، ހިންގަމުންނެވެ.