English Edition
Dhivehi Edition

ސައްހަ ނޫން ފަސްސަތޭކަ ރުފިޔާ ގެންްގުޅުނު މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރު ކޮށްފައި މ. ރަތްލިލީގޭ އަބްދުﷲ ސައީދު (54އ) އެވެ.

ކްރިމިނަލް ކޯޓުން ކުރި އަމުރުގައިވަނީ ސައީދު ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށެވެ. އަދި ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް ކެފޭއަކުން މާރުކުރަން އޭނާ މަސައްކަތް ކޮށްފައިވާ ކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.

މި މައްސަލާގައި ސައީދު ބުނެފައިވަނީ އެއީ ސައްހަ ނޫން ނޫޓެއްކަން ނޭނގޭ ކަމަށާއި، ނޫޓު ހިފައިގެން މާރުކުރަން ދިޔައީ އެކަން ކޮށްދިނުމަށް މީހަކު އެދިގެން ކަމަށެވެ.

މިމައްސަލައިގައި ކޯޓުން އަމުރުކުރީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސައީދު ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.