އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ ލީޑިން އެއާޕޯޓްގެ އެވޯޑް ވިދިވިދިގެން ހޯދާފައިވާ އީކުއޭޓަރ ވިލެޖަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ނުހަނު މަގުބޫލު ތަނެކެވެ. ތަފާތު އެކިކަހަލަ ސެމިނާރ ތަކާއި ބައްދަލުވުންތަކާއި ވޯކްޝޮޕްތައް ބޭއްވުމައް އެންމެން ބޭނުންވާ ތަނަކީ އެއީއެވެ. ސަބަބުތައްވެސް ބައިވަރެވެ. އެތަނުގެ މުޅިން ބޭރުން ވަދެވެން ހުންނަ ބްލޫލެގޫންގައި ހަދާފައި ހުންނަ ސެޓަޕަކީ މިފަދަ ކަމަކަށް އެންމެ އެކަށީގެންވާ ގޮތައް ތައްޔާރުކޮށްފައިވާ ސެޓަޕަކަށް ވުމުންނެވެ. އިވެންޓެއް ބާއްވަން ވެއްޖެނަމަ ތަން ބުކް ކޮއްލުމުން އިތުރު ކަމަކާއި ދެން ވިސްނާކަށް ނުޖެހެއެވެ. އެބަޔަކު އިވެންޓެއް ބާއްވަން ބޭނުންވާނެ ގޮތަކަށް ހޯލު ހުންނާނީ ތައްޔާރުކޮށްނިމިފައެވެ. 200 މީހުންނަށް ފަސޭހަކަމާއެކު ބައްދަލުވުން ބޭއްވޭ ބްލޫލެގޫންގެ ހޯލަކީ މިފަދަ އިވެންޓްތަކަށް އައްޑޫގައި މިވަގުތު ހުރި އެންމެ ފެންވަރު ރަނގަޅު ތަނެވެ.
ގައުމީފެންވަރުގެ ސެމިނަރ ތަކަކާއި އިންޓަނޭޝަނަލް އިވެންޓްތަކާއި ރަށުގެންވަރުގެ ވޯކްޝޮޕްތައް ބާއްވަމުން އަންނަ އީކުއޭޓަރ ވިލެޖް މިހާރު ޒުވާނުންގެ މެދުގައިވެސް މި ވަނީ މަގުބޫލް ތަނަކަށް ވެފައެވެ. ނިމިގެން މިދިޔަ އީދު ބަންދާއި އަހަރީ ޗުއްޓީގައި ގިނަ ކައިވެނި ހަފްލާތަކެއް އެތަނުގައި އައްޑޫގެ ޒުވާނުން ވަނީ ބާއްވާފައެވެ. ބްލޫލެގޫންގެ އިތުރުން އީކުއޭޓަރ ވިލެޖްގެ ބޭރުގައި އަތިރިމަތީގައި އޮންނަ ހުސްބިމުގައި ވެސް ޕާޓީތައް ބާއްވާފައިވާއިރު އެތަނުގެ ބީޗްގައި ހަދާފައިވާ ފާލަމުގެ ކޮޅުގައި އަޅާފައި އޮންނަ ޕްލެޓްފޯމްގައި ކައިވެނީގެ ރަސްމިއްޔާތުވެސް ބާއްވާފައެވެއެވެ. މިއީ މުޅިން ތަފާތު މަންޒަރެކެވެ.
އައްޑޫގައި ޕާޓީ ޕްލޭންކޮށް ޕާޓީތައް ޑެކަރޭޓް ކޮއްދޭ ފަރާތްތަކުން ވެސް އީކުއޭޓަރ ވިލެޖް ރެކޮމަންޑު ކުރެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ތަން ބޭނުންގޮތަކަށް ރީތިކޮށް ޑެކަރޭޓްކޮއްލަން ފަސޭހަވުމާއި ހުރިހާ އެއްޗެއް ފަސޭހައި ލިބޭނެ ގޮތް ހުރުމުގެ އިތުރުން ތަނުގެ ސްޓާފުންގެ އެހީތެރިކަމުގެ ސަބަބުންނެވެ.
“ޕާޓީ ޑެކަރޭޓްކޮއްލަން އަސްލު ވަރަށް ސަޅިތަނެއް އީކުއޭޓަރވިލެޖަކީ. އަދި ހަމަ ރެކޮމެންޑްވެސް ކުރަން ބްލޫލެގޫން. އެތަނުގައި ވަރަށް ގްރޭންޑުކޮށް ސެޓަޕް ހަދާލެވޭ.” އައްޑޫގައި ޕާޓީ ޑެކަރޭޓް ކޮއްދޭފަރާތަކުން ކިޔައިދިނެވެ.
ވެޑިން ޕާޓީ ބޭއްވުމުގެ އިތުރުން ކައިވެނި ކުރާ ދެމަފިރިންނަށް އެރޭ އެތަނުގައި ހޭދަކުރެވޭނެ ގޮތާއި ރޭގަނޑުގެ ރޮމޭންޓިކް ޑިނާރ އާއި އަދި ފޮޓޯ ޝޫޓިން ވެސް އެތަނުގައި ޖައްސާލެވޭނެ ފަސޭހަ އިންތިޒާމުތައް ވެސް އީކުއޭޓަރ އިން ހަމަޖައްސައިދެއެވެ.
އައްޑޫގެ ތާރީޚާއި ގުޅުން ހުރި ގިނަކަންތައްތަކެއް އެކުލެވޭ އީކުއޭޓަރވިލެޖަކީ އައްޑޫގެ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދޭ އަދި ރައްޔިތުން ބަލައިގަންނަ ތަނަކަށް ވެފައިވާއިރު މުޖުތަމައަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ތަނުގެ މެނޭޖްމަންޓުން ދަނީ ކޮއްދެމުންނެވެ. އެގޮތުން އައްޑޫގެ ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ ތަފާތު އެކި ޕްރޮގްރާމު ތައް އީކުއޭޓަރ ވިލެޖްގައި ހިންގޭނެ ގޮތް ވެގެން ދިއުމަކީ އާންމުންގެ ލޯބި އީކުއޭޓަރ ވިލެޖަށް އިތުރުވާ އެއް ސަބަބެވެ.
ތަފާތު އެތައް ފަހަރެއްގެ މަތިން ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު ހޯދާފައިވާ އީކުއޭޓަރވިލެޖަކީ ފަތުރުވެރިންގެ ވެސް މަގުބޫލް މަންޒިލެކެވެ.