English Edition
Dhivehi Edition

2017 ވަނަ އަހަރު އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިވަޕޫލްގެ މެދުތެރެ ބަލަހައްޓަމުން ގެންދާ މިސްރުގެ މުހައްމަދު ސަލާޙް ހޯދާއިފިއެވެ.

ދާދި ފަހުން އަރަބި އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމާއި ބީބީސީ ސްޕޯޓްސް އިން ހޮވި އެފްރިކާގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމު ހޯދި ސަލާޙް އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުން ތެރިޔާގެ މަގާމު ހޯދާފައިވަނީ ސަލާޙް އާއި އެކީ ލިވަޕޫލަށް ކުޅޭ ސެޑިއޯ މާނޭ އާއި ޖާމަން ލީގުގެ ބޮރޯޝިޔާ ޑޯޓްމަންޑަށް ކުޅޭ ޕިއެރާ އެމްރިކް އާއި ވާދަކޮށްގެންނެވެ.

25 އަހަރުގެ ސަލާޙް ވަނީ އިޓަލީގެ އޭއެސް ރޯމާއިން ލިވަޕޫލްއަށް ބަދަލުވުމަށް ފަހު 2017 ވަނަ އަހަރު ލިވަޕޫލް ޗެމްޕިއަންސް ލީގައަށް ކޮލިފައި ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް ޕްރިމިއަ ލީގުގައި ކުޅުނު 21 މެޗުން 17 ލަނޑު ކާމިޔާބުކޮށްފައެވެ.

ސަލާހް ވަނީ ކުލަބް ލެވެލްގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރަށް ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކައި މިއަހަރު ރަޝިޔާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް 1990 ވަނަ އަހަރު ފަހުން ފުރަތަމަ ފަހަރަށް މިސްރު ކޮލިފައި ވި ލަނޑު ޖެހުމުގެ އިތުރަށް 2017 ވަނަ އަހަރު އެފްރިކާ ކަޕް ނޭޝަންގައި މިސްރު ދެވަނަ ހޯދައިދިނުމަގައި މުހިމުން ދައުރެއް އަދާކޮށްފައެވެ.

އެފްރިކާ ޕްލެއާ އޮފްދަ އިޔާ ހޮވާފައިވަނީ ކޮންމެ މަހެއްގައި ވެސް އެންމެ ރަނގަޅަށް ކުޅޭ 30 ކުޅުން ތެރިން ހޮވުމަށް ފަހު ޑިސެމްބަރ މަހު މި 30 ކުޅުން ތެރިން 3 ކުޅުން ތެރިންނަށް މަދު ކޮށް މި އެވޯޑް ދެނީ އެފްރިކާއަށް ނިސްބަތް ވާ ގައުމު ތަކުގެ ކޯޗުން އަދި ކެޕްޓަނުން ގެ މެދުގައި ނަގާ ވޯޓަކުންނެވެ.