English Edition
Dhivehi Edition
ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު

މި ސަރުކާރުން، ރާއްޖޭގެ ހުރިހާ އަތޮޅުތަކުން އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމާއި ދޫކުރުމުގެ ހިދުމަތް ފެށޭނެ ކަަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އައިޑީކާޑު ޕްރިންޓުކުރުމުގެ މަސައްކަތް ހަމައެކަނި މާލޭގައި ހުންނަ ޑީއެންއާރް އޮފީހުން ކުރަމުން އައި ނަމަވެސް މިހާރު މި ހިދުމަތް ގއ.ވިނލިގިލިން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ،

ވަަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައިޑީ ކާޑާއި ޕާސްޕޯޓް ހެދުން ފަދަ، މާލޭގައި ދެމުންދާ ބައެއް ހިދުމަތްތައް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ގެންދަވާކަމަށެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އައިޑީ ކާޑު އަދި ޕާސްޕޯޓްގެ ހިދުމަތް ދިނުމަށް ގިނަ ކައުންސިލްތަކުން ޝައުގުވެރިިކަންފާޅުކޮށްފައިވާކަމަށެވެ. އަދި އެކަމަށް ވަރަށް ގިނަ ކައުންސިލްތަކުން މަސައްކަތްކުރަމުން އަންނަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ މިކަމުންން ހާމަވަނީ ސަރުކާރާއި އެކު ކައުންސިލްތައް ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން އުފައްދަވާ ދެއްވާފައި ވުމުން ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ރާއްޖޭގައި މަލްޓިޕާރޓީ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަ ކަމަށެވެ.