English Edition
Dhivehi Edition
ޕީޕީއެމް އިން ބޭއްވި "ޖަ ގޯސް" ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީޕީއެމް

ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިވަޑައިގަތުމަކީ ހެޔޮ ވާރުގެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ‘ޗަ ގޯސް’ ޖަލްސާގައި ވާހަކަ ދައްކަމުން ޑރ. ޖަމީލު، ސަރުކާރަށް ވަރަށްބޮޑަށް ޖޯކު ޖައްސަވާ ވިދާޅުވީ ޅ. ހިންނަވަރާއި ނައިފަރު ވެސް ވިއްކާލައްވަފާނެ ކަމަށެވެ. އަދި އަވައްޓެރިން ވެސް ދޫ ނުކުރައްވާނެ ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ މިއަދު ގެއްލުނީ ރާއްޖޭގެ އެއް އަތޮޅު ކަަމަށާއި އެއީ އަމިއްލަ ހަށިގަނޑުން ގުނަވަނެއް ބުރިކޮށްލުން ފަދަ ކަމެއް ކަމަށެވެ. އަދި މި ފަދަ ކަމެއް ދިމާވުމުން ކޮންމެ ދިވެހި ދަރިއެއްގެ ހިތުން ވެސް ވިންދު ޖަހަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ވަކިން އޮތް އަތޮޅެއް ކަމަށްވާ ފުވައްމުލަކު ވެސް މާދަމާ ވިއްކާލައްވަފާނެ ކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރެއަކީ ވަރަށް ހިތާމަވެރި އަދި ހިތްދަތި އިހްސާސްތަކެއް މި ދިވެހި ޖައްވުގައި، މި ބިމުގައި ދިރިއުޅެމުންދާ ކޮންމެ ދިވެއްސަކު ކުރަމުންދާނެ ރެއެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ރާއްޖޭގެ މަސްވެރިން، މަސްވެރިކަން ކުރާނެ ކަނޑުން ބޮޑު ބައެއް ދިވެހިރާއްޖެއަށް ގެއްލިއްޖެ ކަމުގެ ހިތްދަތި އިހްސާސްތައް ކުރައްވަމުން ގެންދަވާ ކަަމަށެވެ.