English Edition
Dhivehi Edition
ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދުބާއީ ފަދައިން ތަރައްގީގެ މަގުގައި، ރާއްޖޭގެ އެކި ސަރަހައްދުތައް ސިފަވާން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ތ.އަތޮޅު ވޭމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އުމްރާނީ ގޮތުން ރާއްޖޭގެ އެކި ހިސާބުތައް ތަރައްގީ ކުރާއިރު ފެންނާނީ ދުބާއީގެ ސިފައިގައި ކަމަށާ އަދި އެ ދުވަސް އޮތީ ވަރަށް ގާތުގައި ކަމަށެވެ. މާލެއާއި ރަސްމާލެ ގުޅާލާނީ ކަނޑު އަޑީގެ ޓަނަލަކުންކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ގިނަ ބައެއްގެ ސުވާލު އަމާޒުވިކަން ހާމަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެއީ އާދައިގެ ވާހަކަފުޅެއް ނޫންކަމަށެވެ. ރައީސް އެވާހަކަފުޅު ދެއްކެވީ އެމަނިކުފާނުގެ އިންޖިނިއަރިންގެ ތަޖުރިބާއާ ބޭރުގެ ތަޖުރިބާތައް ހޯއްދެވުމަށްފަހު ކަމަށާއި ރައީސް އެވާހަކަ ދައްކަވަނީ އެކަމަށް ކުރަންޖެހޭ އިދާރީ އަދި އަމަލީ މަސައްކަތްތައް ކުރައްވުމަށްފަހު ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ފިޔަވައި ތަރައްގީގެ ބިޔަ މަޝްރޫއުތައް އިއުލާން ކުރެއްވި ވެރިޔަކު އަދި މިހާތަނަށް ނެތްކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ން ހަތަރު ރައީސަކު ވެރިކަން ކުރި ދުވަސްތައް ފެނިވަޑައިގެންފި ކަމަށާއި ރައީސް މުއިއްޒު ފެންނަނީ ވަރަށް ސާދާ، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ ވެރިއެއްގެ ގޮތުގައި ކަމަށެވެ.

ގައުމަށް ތަރައްގީ އާއި ކުރިއެރުން ގެންނަން ބޭނުންވާނަމަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން ރައީސް މުއިއްޒު އަށް ފުރިހަމަ އަގުލަބިއްޔަތު ހޯދައިދޭން ޖެހޭކަން ފާޙަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު މަޖިލިސް ހާލަތު އޮތް ގޮތުން ރައީސަށް ގޮންޖެހުންތައް އެބަހުރި ކަމަށެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދު ހާލަތު ހުރި ގޮތުން އަޅުގަނޑުމެންނަށް ފެންނަނީ، ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ތަރައްގީއަށް ހުރަސް އެޅުމުގެ މަސައްކަތް ކުރެވިގެންދާ ތަން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރައީސް ވަރަށް އުންމީދުފުޅާއެކު ބަޖެޓްގެ ތެރެއިން ޖެއްސެވި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވަނީ އުނިކޮށްލާފައި.” އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ފުރިހަމަ ތާއީދު ނެތި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ފަހަރެއްގައި ރައީސް އެންމެ ބޭނުންފުޅުވާ ހިސާބަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމަކީ ވެދާނެ ކަމެއް ކަމަށާއި އޭގެ ހަގީގީ ގެއްލުން ފޯރާނީ ދިވެހި ރައްޔިތުންނަށްކަމަށެވެ. އެހެންކަމުން ރައީސަށް ވެރިކަން ކުރެއްވޭނެ ގޮތަށް، ރައްޔިތުން މަގުފަހި ކޮށްދޭނެ ކަމަށް އުންމީދު ކުރައްވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.