English Edition
Dhivehi Edition
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ތިން ވަނަ ޖަލްސާގައެވެ. ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްލާއިލް ނިޒާރު ހުށަހެޅުއްވި ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް 85 މެންބަރުންގެ ވޯޓުންނެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން ޕަބްލިކް ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް އޮވެ އެވެ.އެހެންނަމަވެސް ފޭދޫ މެންބަރު ހުށަހެޅުއްވި އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު 10 ދުވަހަށް ކުރު ކުރުމަށެވެ.

އެ އިސްލާހުގައި ކުންފުނިތަކުގެ އާންމު ޖަލްސާ ބާއްވަން ޖެހޭ މުއްދަތު ކުރުކުރަންވެސް ހުށަހަޅާފައިވާއިރު މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ ޖަލްސާއެއްގެ ނޯޓިސް ފޮނުވަން ޖެހެނީ އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައެވެ. އެހެންނަަމަވެސް މަޖިލީހުން މިއަދު ފާސްކުރި ގާނޫނުގައިވާ ގޮތުން އެ މުއްދަތު ވަނީ 3 ދުވަހަށް ކުރުކޮށްފައެވެ.

މީގެ އިތުރުން ކުރިން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންކަމުގައި ވީނަމަވެސް އެ މުއްދަތުވެސް މިހާރުވަނީ ހަތް ދުވަހަށް ކުރުކޮށްފައެވެ.