ދެކޮރެއާ ދެމެދު މުޢާމަލާތް ކުރުމަށް ޤާއިމް ކޮއްފައިވާ ހޮޓްލައިން އުތުރު ކޮރެއާއިން ދެ އަހަރު ފަހުން އަނެއްކާވެސް ހުޅުވައިފިއެވެ
އުތުރު ކޮރެއާއިން މި ހޮޓްލައިން ހުޅުވިކަން ދެކުނު ކޮރެެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ވަނީ ކަށަވަރު ކޮއްދީފައެވެ. އަދި އެ ލައިން ޓެސްޓު ކުރުމަށް 20 މިނެޓް ވަންދެން ދެ ގައުމު ދެމެދު މެސެޖު ބަަދަލު ކުރެވުނެވެ. ނަމަވެސް ދެގައުމު ދެމެދުގައި ދެކެވުނީ ކޮންވާހަކައެއް ކަމަށް ޔުނިފިކޭޝަން މިނިސްޓްރީން ހާމަ އެއް ނުކުރެއެވެ
އުތުރު ކޮރެއާއިން މި ހޯޓްލައިން ހުޅުވާފައި މިވަނީ ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީން ދެކޮރެއާ ދެމެދު މަޝްވަރާ ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު އާއަހަރާ ދިމާކޮށް ދިން ހިތާބުގައި ފާހަގަ ކުރުމުން ދެކުނު ކޮރެއާއިން މަޝްވަރާގެ މޭޒަށް އުތުރު ކޮރެއާއަށް ދައުވަތު ދިނުމުންނެވެ
ދެކުނު ކޮރެއާއިން ވަނީ އަންނަ އަންގާރަ ދުވަހު ދެ ކޮރެއާ ދެމެދު ބޯޑަރާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދައުވަތުދީ އެކަމާ ބެހޭ ކަންކަން އިންތިޒާމު ކުރުމަށް ހޮޓްލައިން ހުޅުވުމަށް ގޮވާލާފައެވެ. އެމެރިކާއިން އިން ވަނީ ދެކޮރެއާ ދެމެދު ކުރެެވޭ އެއްވެސް މަޝްވަރާއެއްގައި އުތުރު ކޮރެއާގެ ނިއުކްލިއަރ މައްސަލަ ނުހިމެނެނީސް އެއްވެސް މަޝްވަރާއަކަށް ސަމާލު ކަން ނުދޭނެ ކަމަށް ބުނެފައެވެ
އެމެރިކާއިން އ.ދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކީ ހެއިލީ ވަނީ އުތުރު ކޮރެއާއިން އިތުރު ޕްޔޮންގްޔެންގް އިން އިތުރު ނިއުކްލިއަރ ޓެސްޓެއް ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ. އަަދި އެކަމާ ދެކޮޅަށް ވަނީ އުތުރު ކޮރެއާއަށް އިންޒާރު ވެސް ދެއްވާފައެވެ
އުތުރު ކޮރެއާއިން މި ހޮޓްލައިން ބަންދު ކުރީ 2016 ވަނަ އަހަރު ފެބްރުއަރީ މަހުގައެވެ. އެއީ ދެކުނު ކޮރެއާގެ ކުރީގެ ރައީސް ދެގައުމު ގުޅިގެން އުތުރު ކޮރެއާގައި ހިންގަމުން އައި ފެކްޓަރީ އެއް ބަންދު ކުރުމާ ވިދިގެންނެވެ. އުތުރު ކޮރެއާގެ މި އިސްނެގުމަށް ޗައިނާއިން ވަނީ މަރުހަބާ ކިޔާފަައެވެ. އަދި ކޮރެއާ ސަރަހައްދުގައި ސުލްހައަށް އެޅޭ މިފަދަ ފިޔަވަޅަކާ މެދު ރަނގަޅު ވިސްނުމެއް ހުރިހާ ފަރާތްތަކުން ވެސް ގެންގުޅެން ޖެހޭނެ ކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ