English Edition
Dhivehi Edition
އަޙްމަދު ޝިނާޒް، ސ. ހިތަދޫ / ތުޅާދޫގެ ( ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުން ދަނީ އަޙްމަދު ޝިނާޒް، ސ. ހިތަދޫ / ތުޅާދޫގެ (40އ)އެވެ.

ފުލުހުން ބުނީ ފުވައްމުލަކު ސިޓީ ޕޮލިހުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އެހެންކަމުން މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ސެޕްޓެމްބަރު 10، 2024 ވަނަ ދުވަހުގެ 13:00 އަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

ޓެގު