English Edition
Dhivehi Edition
ފޮޓޯ: އިމިގްރޭޝަން

ގަވައިދާ ހިލާފަށް ބިދޭސީންތަކެއް މާލޭގައި ވިޔަފާރިކުރަމުން ދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގެ ގެއެއް ފާސްކޮށް 15 ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާއެކު، އޮގަސްޓު 24 ވަނަ ދުވަހު ހ.ބިއަންކާ (މާލެ)، ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މިތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ބުނީ މި ރެއިޑުގައި ވެސް ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެފައިވާކަމަށާއި އަދި މިތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާކަމަށެވެ.