English Edition
Dhivehi Edition

ތިލަފުށި ސައިޓެއްގައި މަސައްކަތްކުރާ މުވައްޒަފުން ދިރިއުޅޭ ތަނަކުން ވަގަށް ނެގި 59،500 ދިވެހި ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ބިދޭސީ މީހެއްގެ އެ ރުފިޔާތައް ވަގަށް ނެގި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ މި ރިޕޯޓާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ތަހުޤީގުގައި މި ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހުންނާއި އެމީހުން ދާނެ ކަމަށް ބެލެވޭ ތަންތަން ދެނެގަތުމަށް ސީސީޓީވީ ފޫޓޭޖުތައް ބަލާފައިވާކަމަށެވެ. މި ގޮތުން ވަގަށް ނަގާފައިވާ ބައެއް ފައިސާތައް ތިލަފުށި ސައިޓެއްގައި ހުރި ޖަމްބޯ ބޭގެއްގެ ތެރެއިން ފެނިފައިވާއިރު ބާކީ ފައިސާ ހޯދާފައި ވަނީ ބަންގްލަދޭޝްގައި ހުރި މީހެއްގެ އެކައުންޓަށް ޓްރާންސްފަކޮށްފައި ހުއްޓައެވެ.

ފުލުހުން ބުނީ އެ ޖަމްބޯ ބޭގުގައި ފޮރުވާފައިވާ ފައިސާ އާއި އެކައުންޓަށް ޓްރާންސްފަ ކޮށްފައި ހުރި ފައިސާއާ އެކު ޖުމްލަ 59،500ރުފިޔާ ހޯދުމަށްފަހު ބިދޭސީ މީހާއާ ހަވާލުކޮށްފައިވާކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން ދާކަމަށެވެ/