English Edition
Dhivehi Edition
ފޮޓޯ: އިމިގްރޭޝަން

ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ގާއިމް ކުރި “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މައުލޫމަތަކާ ގުޅިގެން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ “އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ މައުލޫމާތާ ގުޅިގެން އިއްޔެ ހެނދުނު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ގޮތުން، ގ. ހީނާމާގެ ޕާކިން ސަރަހައްދުން ބަލައި ފާސްކުރެވުނު ބިދޭސީންގެ ތެރެއިން، ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ނެތް 14 ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް “އިމިގްރޭޝަން ވޮޗް” މިިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.