ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ޝަމީމް މަގާމުން ވަކިކުރަން އެދިވަޑައިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވާފައެވެ.
ޝާހިދު ހުށަހެޅުއްވި މަައްސަލާގައި ވިދާޅުވީ ޕީޖީއަކީ އޭނާގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގައި އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް މަސައްކަތް ކޮށްގެން ވާނެ ފަރާތެއް ނޫން ކަމަށެވެ. އަދި އެއްވެސް ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އިތުރަށް ޝާހިދު ވަނީ ޕީޖީގެ ބާރުތައް ބޭނުން ކުރަން ވާނީ ވެސް ވަކި ފަރާތަކަށް މަންފާއެއް ހޯދައި ނުދީ، ޒާތީ ތައައްސަބުން އެއްކިބާވެ ހުރެ ބަންޑާރަ ނައިބު ކަނޑައަޅާފައިވާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.
އޭނާގެ ދައުރުގެ ތެރޭގައި އެ މިންގަނޑާ ހިލާފަށް އެތައް ކަމެއް ކޮށްފައިވާކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.