English Edition
Dhivehi Edition
ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ފޮޓޯ: ޕޮލިސް އެމްވީ

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު ވަގުތެއްގައި ޝަމީމަށް ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، މަރުތޭލެއް ބޭނުން ކޮށްގެންނެވެ.

އެ ހަމަލާގެ ތުހުމަތުގައި 7 މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްސަލަ ތަހުގީގު ނިންމުމަށްފަހު ދައުވާކުރަން މި މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާކޮށްފައިވަނީ

  • ޝަމާލް ހުސައިން (21އ) – ތ. ގާދިއްފުށި،
  • ޒަޔާން ނަސީރު (23އ) – އދ. މާމިގިލި،
  • އަބާން އަބްދުއްހަންނާން (23އ) – ތ. ދިޔަމިގިލި،
  • ރަޖުވާން ލަތީފް (22އ) – ލ. މާމެންދޫ،
  • މިދުހަތު އާދަމް (24އ) – ރ. އަލިފުށި،
  • މުހައްމަދު ޖަޒްލާން (22އ) – ލ. ގަން
  • އަހްމަދު މައިސާން ހާޝިމް (20 – ކ. މާލެ