English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު - ފޮޓޯ: މުހައްމަދު އައުޒަމް (ވަން އޮންލައިން)

ރެޑްނޯޓިސް ވެބްސައިޓަށްލާނެ ވަގުތެއްގެ އިންތިޒާރުގައި އެބަހުރިން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ވިދާޅުވީ ޕީޖީ ޝަމީމް އެކްސްޓްރެޑިޝަނަށް ލަންޑަނުގެ ކޯޓަށް ވަޑައިގަންނަވާނެ ވަގުތަކަށް ކެތްމަދުވެފަ އެބަހުރިން ކަމަށާއި 15 އަންހެނުން ނާއި 13 ފިރިހެނުންނަށާއި އެމީހުންއަޅާ 2 ބެލްޓަށްވާތަން ދުނިޔެއަށް ހާމަވާނެ ކަމަށެވެ. އަދި ކާމިޔާބުވަނީ ކައިރީގައި ކަމަށެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވެފައިމިވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގައި ރާއްޖެއިން ފިއްލަވައިގެން ރާއްޖޭގެ ކޯޓަށް ހާޟިރުނުވެ އުޅުއްވާތީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް އިންޓަރޕޯލު ރެޑް ނޯޓިސް ނެރެފައިވާތީއެވެ.

ދިވެހި ފުލުހުން ކުރިން ބުނެފައިވަނީ އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލައިގާ ކޯޓަށް ހާޟިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާ އެކުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓައި، މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ފުރުން މަނާކުރިނަމަވެސް އެ އަމުރު މުރާޖައާކުރުމުން އޭނާގެ ޕާސްޕޯޓު ވަނީ ދޫކޮށްލާފައެވެ.

މުއްދަތެއް ނެތް ގޮތަށް ބޭސްފަރުވާއަށްކަމަށް ބުނެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން އަލީ ވަހީދު މިހާރު ދިރިއުޅުއްވަނީ އިނގިރޭސި ވިލާތުގައެވެ. އަދި އަލީ ވަހީދު ޝަރީއަތަށް ހާޟިރު ކުރަން ކޯޓުއަމުރެއްނެރެ، އެކަމަކު ޝަރީއަތަށް ހާޟިރުކުރެވޭގޮތް ވަނީ ނުވެފައެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން، އަލީ ވަހީދު ދެ މަހަށް ޖަލަށް ލާން ހުކުމްކޮށް، އެ ހުކުމް ތަންފީޒު ކުރަން އޭނާ ނުގެނެވިގެން އުޅެނިކޮށް، ނޮވެމްބަރު, 29, 2021 ގައި ކްރިމިނަލް ކޯޓުން އަނެއްކާ ވެސް ވަނީ އޭނާ ޝަރީއަތަށް ހާޟިރުކުރުމުގެ އަމުރެއް ނެރެފައެވެ.