English Edition
Dhivehi Edition
ފޮޓޯ: އިމިގްރޭޝަން

ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ގާއިމް ކުރި “އިމިގްރޭޝަން ވޮޗް” އަށް ލިބުނު މައުލޫމަތަކާ ގުޅިގެން ކާބޯތަކެތި ޑެލިވަރީ ކުރާ ތަނެއް ބަލައި ފާސްކޮށް ހަތަރު ބިދޭސީން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ، ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ހިދުމަތް ދެމުން ދިޔަ ތަނެއް ކަމަށް “އިމިގްރޭޝަން ވޮޗް” އަށް ރިޕޯޓު ކޮށްފައިވާ ތަނެއް ބަލާފާސްކޮށްފައިވާކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައްސަލަތައް “އިމިގްރޭޝަން ވޮޗް” މެދުވެރިކޮށް ރިޕޯޓު ކުރަމުން ދިއުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.