އައު އަހަރުގެ މުނާސަބަތުގައި އުތުކުރު ކޮރެއާގެ ލީޑަރު ކިމްޖޮންގްއުން ދެއްވި ހިތާބުގައި ދެކުނު ކޮރެއާއި އެކީ މަޝްވަރާއަށް ދިއުމަށް ތައްޔާރު ކަމަށް ވިދާޅުވެއްޖެއެވެ.
އުތުރު ކޮރެއާގެ ލިޑަރު ވިދާޅުވި ގޮތުގައި ދެކޮރެއާ ދެމެދު މައްސަލަ ހައްލު ކުރުމަކީ ވަރަށް މުހިއްމު ކަމައް ކަމުގައެވެ. އަދި މައްސަލަތައް ހައްލު ކުރުމަށް ދެ ކޮރެއާއިން ވެސް މަސައްކަތް ކުރަން ޖެހޭނެކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އެނާ އިތުރަށް ވިދާޅުވިގޮތުގައި ދެކޮރެއާ ދެމެދުގައި އޮތްގުޅުން ބަދަހިކުރަންޖެހޭ ކަމަށާއި އަދި ދެ ގައުމު ދެމެދުގައިވާ މައްސަލަތައް ނެތިކޮށްލުމަށް މަސައްކަތްކޮށް އަލުން ދެކޮރެއާ ގުޅެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ޓީވީ މެދުވެރި ކުރައްވައި ދެއްވި ހިތާބުގައި ދެ ކޮރެއާ ދެމެދު މަޝްވަރާ ކުރުމަށް ވިދާޅުވި ނަމަވެސް އޭނާ ވަނީ އެމެރިކާއަށް އިންޒާރުވެސް ދެއްވައިފައެވެ.
ދެކުނު ކޮރެއާއިން ވަނީ ކިމްގެ ހީތާބަށް މަރުހަބާ ކިޔާފައެވެ. ޔޮންހަޕް ނިއުސް އެޖެންސީ ރިޕޯޓު ކޮށްފައިވާ ގޮތުގައި ކިމްޖޮންގްއުންގެ ހިތާބުގައި ވަނީ އުތުރު ކޮރެއާއިން ވިންޓާ އޮލިމްޕިކްސް އަށް އެތުލީޓުން ފޮނުވުމަށް ވެސް ހުށައަޅުއްވާފައެވެ. މިކަމަށްވެސް ރައީސް އޮފީހުން ވަނީ މަރުހަބާ ކިޔައި އަދި ދެ ކޮރެއާ ދެމެދު ގުޅުން ރަނގަޅު ކުރަން ޖެހިފައިވާ ކަން ފާހަގަ ކޮށްފައެވެ.
ކިމްގެ ހިތާބާ ގުޅިގެން އެމެރިކާގެ ރައީސް އާއަހަރު ފާހަގަ ކުރެއްވުމަށް ފްލޮރިޑާގެ މާރ-އަލަގޯ ގައި ހުންނަވާ ވިދާޅުވެފައިވަނީ އެމެރިކާއިން އެކަން ބަލަމުން ގެންދާ ކަމަށެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކިމްގެ ވާހަކަ ތަކުން އެނާގެ މަޤްސަދާ މެދު ސުވާލު އުފެދޭ ކަމަށެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި އުތުރު ކޮރެއާގެ އަސްލު ބޭނުމަކީ ނިއުކްލިއާރ ޕްރޮގްރާމް ތަރައްގީ ކުރުމަށް ވަގުތު ހޯދުމެވެ.
ވޭތުވެދިޔަ އަހަރު ވެގެން ދިޔައީ ދެކޮރެއާ ދެމެދު މައްސަލަ ހޫނުވެގެން ދިޔަ އަހަރަކަށެވެ. އެއީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުމާއި ދުރު ރާސްތާ މިސައިލްތައް ޓެސްޓު ކުރުމާ ވިދިގެންނެވެ.