English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތިގެން އުޅެން ނުޖެހޭނެގޮތަށް މަޖިލީހުގެ ކަންކަން ބަދަލުކުރައްވަމުން ގެންދަވާކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.

‘ޕީއެސްއެމް’ ގެ ޕްރޮގްރާމެއްގައި ވަހަކަދައްކަމުން އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ބައެއްފަހަރު މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތި ޖަލްސާ ނުބޭއްވި އޮންކަމަށެވެ. އަދި މިހެން ދިމާވާ މައިގަނޑު އެއް ސަބަބަކީ ބިލް ހުށައެޅުމަށްފަހު އެބިލަކަށް ބަހުސްކުރެވޭނީ 3 ދުވަހުގެ މުއްދަތެއް ނޯޓިސް ދިނުމަށް ފަހުކަމަށް ގަވާއިދުގައި އޮތުމުންކަމަށެވެ. އެކަމަކު އަލަށް މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލުތަކާއެކު ފުރަތަމަ ކިޔުން އިއްވުމަށްފަހު ޖެހިގެން އަންނަ ދުވަހުވެސް އެބިލަށް ބަހުސްކުރެވޭގޮތަށް ޤަވާއިދު ބަދަލުކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގަވައިދަށް ގެނައި ބަދަލާއެކު މަޖިލީހުގައި ތަޅުމުގައި އަބަދުވެސް ކުރާނެ މަސައްކަތް ހުންނާނެކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ޤަވާއިދަށް މިބަދަލު ގެނައުމުގެ ބޭނުމަކީ ތަޅުމުގައި ބަހުސް ނިންމުމަށްފަހު ކޮމިޓިއަށް ދިރާސާކުރުމަށް ފޮނުވާ ބިލު، ދިރާސާކުރުމަށް ހޭދަވާ މުއްދަތުގެ ތެރޭގައިވެސް ތަޅުމުގައި މަސައްކަތްކުރާނެ ފުރުޞަތު ހޯދުންކަމަށެވެ.