English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނާޒިމް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު އިންތިހާބުކޮށްފިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން މިއަދު 10:15 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސްކަމަށް ނާޒިމްގެ ނަން ހުށަހެޅުއްވީ އަބްދުއްރަހީމްއެވެ. އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ނައިބު ރައީސްކަމަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.

މިއަދު މަޖިލީހުގެ ރައީސް ހޮވަން ނެގި ސިއްރު ވޯޓުގައި 80 މެންބަރުންގެ އައުލަބިއްޔަތުން އެ މަގާމަށް ނާޒިމް އިންތިހާބުވި އިރު އެމްޑީޕީން ހުށަހެޅި އިބްރާހީމް ދީދީއަށްށް ލިބިވަޑައިގަތީ 12 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސަކަށް އިންތިޚާބުވި ނާޒިމަކީ މީގެ ކުރިން 17 ވަނަ އަދި 18 ވަނަ މަޖިލީހުގައި ވެސް ދިއްގަރު ދާއިރާގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ނާޒިމް ވަނީ މީގެ ކުރިން މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.