English Edition
Dhivehi Edition
އީސީގެ ނައިބުރައީސްކަން ކުރެއްވި ހަބީބު

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އައްޔަންކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ ނަން މަޖިލީހަށް ފޮނުވައިފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޑރ. އަހްމަދު އަދުހަމް އަބްދުﷲ އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ، އެޗްއާރުސީއެމްގެ މެންބަރުގެ މަގާމަށް ހަބީބު އައްޔަންކުރުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ އިއްވައިފައެވެ. އެ ސިޓީގައި ރައީސް ވިދާޅުވީ އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނަން ދެއްވި ބޭފުޅުންގެ ތެރެއިން، އެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވަނީ ހަބީބުކަމަށެވެ. އަދި މި މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ވެސް ސިޓީ އާ އެކު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ، ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.