English Edition
Dhivehi Edition
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު އަދި ދާޚިލީ ވަޒީރު ޢަލީ އިޙުސާން/ފޮޓޯ އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގައި ހުރި ވިޔަފާރި ތަންތަން ބަލައި ފާސްކޮށް، އިތުރު 6 ބިދޭސީން، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ރޭގެ އޮޕަރޭޝަންގައި މާލޭގައި ހުރި 3 ޓޭކްއަވޭ/ކެފޭ އާއި، 2 ފިހާރަ އާއި، ކާބޯތަކެތި ޑެލިވަރީ ކުރަމުންދާ ތަނަކާއި އިތުރު 1 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށާއި މި އޮޕަރޭޝަންގައި ބިދޭސީ 6 ފިރިހެނުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިސްނަގައިގެން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވީ ރާއްޖެއިން ޑީޕޯޓްކޮށްފައިވާ ބިދޭސީންގެ ތެރޭގައި ސީރިއަސް އެކި މައްސަލަތަކުގައި ހިމެނޭ ބިދޭސީން ވެސް ތިބި ކަމަށެވެ. އަދި އެ މައުލޫމާތު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.