English Edition
Dhivehi Edition

ފެށޭއަހަރުގެ ފެބުއަރީ ދެވަނަ ދުވަހު އައްޑޫސިޓީގައި ބާއްވާ “ވައިޕީއޭ އައްޑޫ އިންޓަރނޭޝަނަލް މެރަތަން” ގެ ޓައިޓަލް ސްޕޮންސަރަކަށް ޔޫތު ޕޮރޮގްރޭޝަން އޮފް އައްޑޫ (ވައިޕީއޭ) ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހިތަދޫ ސީޝެލްސް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ވައިޕީއޭގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ ރައީސް ސިނާން މުހައްމަދެވެ. މުބާރާތް ބާއްވާ ފަރާތް ކަމަށްވާ ރަނާސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ނަސީރު އިސްމާއީލެވެ.

މި ދުވުމުގެ ޓައިޓަލް ސްޕޮންސަރެއްގެ އިތުރަށް އިވެންޓް އޮގަނައިޒް ކުރުމުގެ ހުރިހާކަމެއްވެސް މިއަދުން ފެށިގެން ކުރާނީ ވައިޕީއޭ އިންނެވެ.

ޓައިޓަލް ސްޕޮންސަރަކަށް ވައިޕީއޭ ހަމަޖެހުމުން މިދުވުމަށް ކުރިން ކިޔަމުންއައި “އީކުއޭޓަރ އައްޑޫ ސިޓީ އިންޓަރނޭޝަނަލް މެރަތަން” ގެ ނަން މިހާރުވަނީ ” ވައިޕީއޭ އައްޑޫ އިންޓަރނޭޝަނަލް މެރަތަން” އަށް ބަދަލުކޮށްފައެވެ

އެޖަމްއިއްޔާއަކީ އައްޑޫ ސިޓީގެ ހުރިހާ ޒުވާނުންނަށް ޚާއްސަކޮށް ރަޖިސްޓްރީކޮށްގެން ހިންގާ ވަރަށް ޒުވާން ޖަމްއިއްޔާއެކެވެ. ވައިޕީއޭ ބޭނުންވަނީ އައްޑޫސިޓީގައި ހަރަކާތްތެރިވާ ހުރިހާ ޖަމްއިއްޔާ ޖަމާއަތްތަކަށް ބައިވެރިވެވޭ ގޮތަށް ހުރިހާ ހަރަކާތެއް ވެސްހިންގާށެވެ. މި ދުވުމުގައިވެސް އެފަދަ ޖަމާއަތްތަކުން ބައިވެރިވެ އެހީތެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ވައިޕީއޭއިން ބުންޏެވެ.