English Edition
Dhivehi Edition
ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވުން

ގަލޮޅު ކަންމަތީ އޮތް ވޭނެއްގައި އެއްޗެއް ގޮވައިގެން ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ އެއީ ނުރައްކާތެރި ގޮވުމެއް ނުވަތަ ގޮވުމުގެ އަޑެއް ނޫންކަން އެމްއެންޑީއެފް އިން ޔަގީންކޮށް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް ވޭނުގައި ގޮވާފައިވަނީ ކޮން އެއްޗެއްކަން އަދި މި ހާދިސާ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

‘އޭއޯ ނިއުސް’ އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެ ހާދިސާ ހިނގާފައިވަނީ މިއަދު 13:00 އެހާއިރެވެ. އަދި ހާދިސާ ހިނގުމާއެކު އެ ސަރަހައްދުގައި ސިފައިންވަނީ ހަރަކާތްތެރިވާ ފަށާފައެވެ.