English Edition
Dhivehi Edition
އަބްދުއްރަހީމް އަބްދުﷲ ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ./ ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މުރައިދޫގެއަށް ބަދަލުވެ ވަޑައިގަންނަވާނެ ތާރީހެއް އަދި ނުނިންމަވާ ކަމަށް މަޖިލީހުގެ އިދާރާއިން މިއަދު ބުނެފިއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މުރައިދޫގެ މަރާމާތު ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ މެދުގައި ގޮތެއް ނިންމާނީ އެ ތަން މަރާމާތުކޮށް ނިމުމުން ކަމަށް ޒިޔާއު ވިދާޅުވިއެވެ.

މީގެ އިތުރުން ޒިޔާއު ވިދާޅުވީ އެ ގެކޮޅު މަރާމާތު ކުރުމަށް ދާ ހަރަދާ އިތުރު ތަފްސީލްތައް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދޭނެކަމަށެވެ.

ދައުލަތުން މީގެ ކުރިން ރަސްމީ ގެކޮޅު ހަމަޖައްސައިދެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްއަށެވެ. އެހެންނަމަވެސް ގާނޫނު ބަދަލުކޮށް މަޖިލިހުގެ ރައީސަށާ އުއްތަމަ ފަނޑިޔާރަށް ވެސް ދައުލަތުން ގެކޮޅު ހަމަޖައްސައިދެއެވެ.