English Edition
Dhivehi Edition

މިރޭ ފަލަސްޠީނުގެ ތާރީޚާއި ގުޅޭ ޢިލްމީ ފޯރަމެއް ބާއްވަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފި އެވެ.

އެ ވުޒާރާއާއި އިސްރާ އެސޯސިއޭޝަން ގުޅިގެން ބާއްވާ މިފޯރަމް އޮތީ މިރޭ 08.30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ފޯރަމުގެ މަޢުޟޫއުގެ ގޮތުގައި ކަނޑައަޅާފައިވަނީ “ފަލަސްޠީނާއި އުންމަތުގެ އެއްބައިވަންތަކަން”އެވެ. މި މައުޟޫޢަށް ބިނާކޮށް މި ފޯރަމްގައި އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އެވެ. އަދި ފަލަސްޠީނުގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތުން ފޯރަމްގައި ވާހަކަދައްކަވާނީ ޑރ. ޢަބްދުލްޙައްނާން ވަޙީދު އެވެ.

މި ފޯރަމަށް ވީހާ ގިނަ ބޭފުޅުން ވަޑައިގެންނެވުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެދިވަޑައިގަންނަވާކަމެކެވެ.