English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ފެށިގެން ކުރިއަށްދާ ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ކުޅުން މިހާރު ފެށިގެން ކުރިއަށް ދާއިރު، މިރޭ ޕޯޗުގަލް އަދި ސްލޮވީނިއާ ބައްދަލުކުރާ މެޗް ކުޅޭނެއެވެ. މި މެޗަކީ ފޯރިގަދަ ކުޅުމެއް ފެނިގެންދާނޭ މެޗެއްކަމަށް ގިިނަ ބައަކު ދެކެއެވެ.

މިރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުުގަލް އަދި ސްލޮވީނިއާ ބައްދަލުކުރާ މެޗައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބައަކު އިންތިޒާރުކުރަމުން އަންނައިރު، އޭގެތެރޭގައި އެންމެ ގިނަވާނީ ރޮނާލްޑޯގެ ސަޕޯޓަރުންކަމަށް ރިޕޯޓުތައް ބުނެއެވެ.

މިރޭގެ މި މެޗަށް ޕޯޗުގަލް އަދި ސްލޮވީނިއާ ނުކުންނައިރު، ދެޓީމުންވެސް ވަނީ މި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެއްވެސް ޓީމެއްގައި އަނިޔާގެ މައްސަލައެއް ނެތެވެ.

ޕޯޗުގަލް އަދި ސްލޮވީނިއާ ދެވަނަ ބުރަށް ދަތުރުކުރި ގޮތަށް ބަލާއިރު، ޕޯޗުގަލް ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ އެޓީމު ހިމެނުނު ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ތުރުކިޔޭ، ޗެކް ރިޕަބްލިކް އަދި ޖޯޖިއާ ވެސް ހިމެނުނު މި ގްރޫޕުގެ އެއްވަނަ ޕޯޗުގަލް އިން ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ ޖުމުލަ ހަ ޕޮއިންޓު ހޯދައިގެންނެވެ.

ސްލޮވީނިއާ އަށް ބަލާއިރު، އެޓީމު ދެވަނަ ބުރަށް ދަތުރުކުރީ އެޓީމު ހިމެނުނު ގްރޫޕް ސީގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުގެ ގޮތުގައެވެ. އިންގްލެންޑް، ޑެންމާކް އަދި ސާބިއާ ހިމެނުނު މި ގްރޫޕުގެ ތިންވަނަ ސްލޮވީނިއާ އިން ހޯދީ ކުޅުނު ތިން މެޗުވެސް އެއްވަރުވެ، ޖުމުލަ ތިން ޕޮއިންޓު ހޯދައިގެންނެވެ.

ޕޯޗުގަލް އަދި ސްލޮވީނިއާ އަށް ބަލާއިރު، މި ދެޓީމު މީގެ ކުރިން ވާދަވެރި އެއްވެސް މެޗެއްގައި ބައްދަލުކޮށްފައެއް ނުވެއެވެ. މި ދެޓީމު ގެ ހަމައެކަނި ބައްދަލުކުރުމަކީ މި އަހަރުގެ މާރޗް މަހުގައި ކުޅުނު ބައިނަލްއަޤުވަމީ އެކުވެރިކަމުގެ މެޗެވެ. މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ޕޯޗުގަލް އިންނެވެ.

މިރޭގެ މެޗުގައި ސްލޮވީނިއާ އާއި ދެކޮޅަށް ޕޯޗުގަލް އިން ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު ޑިއޭގޯ ކޮސްޓާ، ކާންސެލޯ، ޕެޕޭ، ރުބެން ޑިއާސް، މެންޑޭސް، ވިޓީނިއާ، ޕަލްހިންހާ، ފެނާންޑޭސް، ބަނާޑޯ ސިލްވާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ރަފެއަލް ލިއާއޯ.

މިރޭގެ މެޗުގައި ޕޯޗުގަލް އާއި ދެކޮޅަށް ސްލޮވީނިއާ އިން ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު އޮބްލަކް، ކާނިކްނިކް، ޑްރަކުސިޗް، ބިޖޯލް، ބަލްކޯވެކް، ސްޓޮޖަނޮވިޗް، އެލްސްނިކް، ގްނެޒްޑާ ސެރިން، މަލާކާ، ސްޕޯރާރ، ސެސްކޯ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ޕޯޗުގަލް އަދި ސްލޮވޭނިއާ ވާދަކުރާއިރު، މި ދެ ޓީމު ބައްދަލުކުރާ މި މެޗު ފެށޭނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާއިރުގައެވެ.