ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ މައްސަލައިގެ މައުލޫމާތު ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއް ތައާރަފުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މިހާރު ހިންގަމުން ގެންދާ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާގުޅޭ މައްސަލައިގެ ތަހުގީގުގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތްނަމަ، ޕޯޓަލަށް ހިއްސާކުރުމަށް އެދިފައެވެ.
މައުލޫމާތާއި ހެކި ހިއްސާކުރާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ވެސް ހުށަހެޅޭނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާއެކުވެސް ހިއްސާކުރެއްވިދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.