English Edition
Dhivehi Edition

ޖަރުމަނުގައި މިހާރު ކުރިއަށް ދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ވަނަ ބުރަށް މިހާރު ޓީމުތަކުން ތައްޔާރުވެފައިވާއިރު، މި ބުރުގެ މެޗުތަކުގެ ކުޅުން މިރޭ ފެށޭނެއެވެ. އެގޮފުން މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ އާއި ސްވިޒަލެންޑެވެ.

ގަދަ 16 ވަނަ ބުރުގެ ފުރަތަމަ މެޗުގައި މިރޭ އިޓަލީ އަދި ސްވިޒަލެންޑް ބައްދަލުކުރާއިރު، މި ދެޓީމު ވަނީ އެންމެ ފަހުން 2021 ވަނަ އަހަރު ކުޅެވުނު ޔޫރޯ ފުޓްބޯޅް މުބަރާތުގައިވެސް ބައްދަލުކޮށްފައެވެ.

ނިމިގެން ދިއަ ޔޫރޯގައި އިޓަލީ އާއި ސްވިޒަލެންޑް ހިމެނުނީ ގްރޫޕް އޭގައިއެވެ. ގްރޫޕް ސްޓޭޖުގައި މި ދެޓީމު ބައްދަލުކުރި މި މެޗު 0-3 ގެ ނަތީޖާއިން ކާމިޔާބު ކުރީ އިޓަލީއެވެ.

އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ 2021 ވަނަ އަހަރު ކުޅެވުނު ވޯލްޑްކަޕް ކޮލިފައިންގައެވެ. ހޯމްއަވޭ އުސޫލުން ކުޅުނު ދެ މެޗުވެސް ވަނީ އެއްވަރުވެފައެވެ.

އިޓަލީ އަދި ސްވިޒަލެންޑް ބައްދަލުކުރުންތަކުގެ ތާރީޚައް ނަޒަރު ހިންގާލާއިރު، ކުރީގައި އުޅެނީ އިޓަލީއެވެ. ނަމަވެސް މި ފަހަރުގެ މުބާރާތުގައި ސްވިޒަލޭންޑުން ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެކެވެ. އެހެންކަމުން އެ ނަތީޖާ ނެރެން މިފަހަރު އިޓަލީ އަށް އުނދަގޫ ވެދާނެކަމަށް ބެލެވެއެވެ. ޚާއްސަކޮށް މި ފަހަރުގެ މުބާރަތުގައި އިޓަލީގެ ފަރާތުން ފެންނަނީ ވަރަށް އާދައިގެ ކުޅުމެކެވެ.

މިރޭ ސްވިޒަލެންޑާއި ދެކޮޅަށް އިޓަލީން ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު ޑޮނަރުންމާ، ޑި ލޮރެންޒޯ، މަންޗިނީ، ބަސްޓޯނީ، ޑާމިއަން، ބަރެއްލާ، ފަގިއޮލީ، ކްރިސްޓަންޓޭ، ކިއޭސާ، ސްކަމާ، އެލް ޝަރަވީ.

ސަސްޕެންޝަން: ކަލަފިއޮރީ (2 ރީންދޫ ކާޑް ހަމަވެގެން).

މިރޭ އިޓަލީއާއި ދެކޮޅަށް ސްވިޒަލެންޑުން ނެރޭނެކަމަށް ބެލެވޭ ފުރަތަމަ 11 ކުޅުންތެރިން؛

ގޯލްކީޕަރު ޔަން ސޮމާ، ފަބިއަން ޝާ، އަކަންޖީ، ރޮޑްރިގޭޒް، ސްޓާޖިއޯ، ޒަކާ، ފްރިއުލާ، އައެބިޝާ، އެންޑޯޔޭ، އެމްބޯލޯ، ވާގަސް.

ސަސްޕެންޝަން: ވަޑްމާ (2 ރީންދޫ ކާޑް ހަމަވެގެން).

އިޓަލީ އަދި ސްވިޒަލޭންޑު ބައްދަލު ކުރާ މެޗުގެ ކުޅުން ފެށޭނީ ރާއްޖެ ގަޑިން މިރޭ 21:00 ގައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ އޮލިމްޕިއަސްޓާޑިއޮން ސްޓޭޑިއަމުގައެވެ.