English Edition
Dhivehi Edition
ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން ކުރިއަށް ގެންދާ ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ހާއްސަ ޕްރޮމޯޝަންގެ ތެރެއިން މިހާތަނަށް 8 ނަސީބުވެރިއަކު ހޮވާފައިވާކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫ އިން ބުނީ 23 ސެޕްޓެމްބަރުގައި އުރީދޫ އިން ފެށި މި ހާއްސަ ޕްރޮމޯ މި އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ޕްރޮމޯގެ ދަށުން ޖުމުލަ 30 ސައިކަލު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫ އިން މި ޕްރޮމޯޝަންގެ ދަށުން ދޫކުރާ ސައިކަލުތަކަކީ:

  • އެއާ ބްލޭޑް 125 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • އެއާ ބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން (ރަތް ކުލަ)
  • ޕީސީއެކްސް160 (ކަޅު ކުލަ)

މި ޕްރޮމޯޝަނުގެ އެންމެ އަގުހުރި އިނާމެއްގެ ގޮތުން ނަސީބުވެރި ފަރާތަކަށް 2024 ވަނަ އަހަރުގެ ރެބެލް 300 (ކަޅު) ސައިކަލެއް ލިބިގެންދާނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރެވޭނެއެވެ. އަދި އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން ހިމެނެއެވެ.

މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް ހަލުވި ސްޕީޑާއި ލެޓެންސީ ދަށްކޮށް، ކަނެކްޓިވިޓީ އިތުރުކޮށްދޭ އުރީދޫގެ ޒަމާނީ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.

ޓެގު