English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

ދުވަސްވީމީހެއްގެ ކާޑުން 25،000 ރުފިޔާ ނެގި ބަޔަކު ކަނޑުމަތިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، ލައިފް އުމުރުން 22 އަަހަރުގެ މުހައްމަދު ޝައިން ޝަމީޒް އަދި ލ.ގަން، ދުނޑި ނޯތު ހެވަން އުމުރުން 24 އަހަރުގެ ހަމްދޫން ހަލީލްއެވެ.

ފުލުހުން ބުނީ ގއ. ވިލިނގިލީގައި އުމުރުން ދުވަސްވީ އަންހެނެއްގެ ކޭޝް ކާޑުން މާމެންދޫ ބީއެމްއެލް އޭޓީއެމުން ފައިސާ ނަގާފައިވާ މައްސަލައެއް އިއްޔެ 20:13 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.މި ރިޕޯޓާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގައި ކާޑު ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުން މާމެންދޫއިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުން ހައްޔަރުކޮށް، އެ މީހުން ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު، އެ ކޭޝް ކާޑު ބޭނުންކޮށްގެން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.