އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ސިއްހީ ނިޒާމު ވެސް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސިއްޚީ ޚިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ އެ ބިލުގައި ވަނީ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ ކުރީ ސަރުކާރުގައި ރާއްޖޭގެ ސިއްހީ ދާއިރާ ފުނޑުފުނޑުކޮށްލައި އެ ދާއިރާގެ މުވައްޒަފުން ނިކަމެތިކޮށްލިކަމަށެވެ. އަދި މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ވޭތުވެ ދިޔަ މަޖިލީހުން ވެސް އެކަންކަމަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނެތް ކަމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެންސްޕާ އާސަންދައަށް ބަލާލިކަމުގައިވިިޔަސް ސިއްހީ ހާލަތު ވަޒަން ކުރެވޭނެކަމަން ފާހގަކުރައްވަމުން ފަލާހު ވިދާޅުވީ މިހެން މެދުވެރިވާން ޖެހުނު ސަބަބުތައް ދެނެގަނެ އެކަމަށް ރިއާޔަތްކުރެއްވުމަށްފަހު ބިލަށް އިސްލާހު ގެންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކަމަށެވެ.
އިތުރަށް ފަލާހު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ކުރަމުންދާ މަސައްކަތް، ސިއްޚީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލަގެންފައިވާ ކަމަށެވެ.