English Edition
Dhivehi Edition

ނ. އަތޮޅު ލަންދޫ މަސް ދޯންޏަކުން އެއްހަފްތާތެރޭ ދެ މަސްވެރިއަކު މަރުވެއްޖެއެވެ.

ފުރަތަމަ އެދޯނިން މަރުވެފައިވަނީ އުމުރުން 45 އަހަރުގެ އާދަމް އިސްމާއީލެވެ. އޭނާމަރުވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ މަރުވިއިރުހުރީ މަސްބާނަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ދެވަނައަށް މަރުވީ އެދޯނީގެ އަހުމަދު ފައިސަލެވެ. އޭނާގެ އުމުރަކީވެސް 45 އަހަރެވެ. އޭނާ މަރުވިއިރުހުރީ އެންއުކާށެވެ.

އެ ދެމީހުން މަރުވުމަށްފަހު ފުރަތަމަ ގެންދިޔައީ ކެނދިކުޅުދޫ ސިއްހީ މަރުކަޒަށެވެ. އެތަނުން ބުނި ކަމަށް ބައެއް މީޑިއާގައި ބުނެފައިވަނީ ދެމީހުންވެސް މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށެވެ.

ދެމީހުންގެ ކުއްލިމަރާއެކު އެރަށުގައި ތަފާތު އެކިގޮތްގޮތަށް މީހުންވާހަކަ ދައްކާ ކަމަށްވެސް މީޑިއާގައި ބުނެފައިވެއެވެ. އެދެމީހުން މަރުވެފައިވަނީ ސިހުރަކުން ކަމަށް ބައެއް މީހުން ބުނަމުންދާތީ އެކަން ބަލާނެ ކަމަށް ކައުންސިލުން ވިދާޅުވި ކަމަށްވެސް ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

މަރުވި ދެމީހުންނަކީވެސް ކުރިން ފެށިގެން ވަރަށް އެކުވެރިކޮށްއުޅޭ ދެ އެކުވެރިން ކަމަށްވެސް އެރަށު މީހުންބުނެއެވެ.