English Edition
Dhivehi Edition
ފޮޓޯ: ފޭސްބުކް

ހުޅުމާލޭގައި ކުއްލިގޮތަކަށް ޒުވާން އަންހެނަކު މަރުވި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީޑިއަށް ދެއްވި މެސެޖެއްގައި ވިދާޅުވީ، ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލައާއި ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މާލޭގައި އާއި ހުޅުމާލޭގައި ހިނގި ކުއްލި މަރުގެ މައްސަލަދަނީ ތަޙުޤީކު ކުރަމުން ކަމަށާއި އިތުރު މައުލޫމާތު ލިބުމުން ޙިއްސާ ކުރާނެކަމަށް މެސެޖްގައި ވެއެވެ.

ހުކުރުދުވަހުގެ ރޭ 9:30 ހާއިރު ކުއްލިގޮތަކަށް މަރުވެފައިވަނީ ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ27އ އެވެ.

ވިޝާމާގެ އާއިލާ އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އޭނާ މަރުވީ ފިޓްޖެހިގެންނެވެ. ވިޝާމާ މަރުވި އިރު އޭނާ ހުރީ ރައްޓެހިންތަކަކާއެކު އެވެ. ވިޝާމާ މަރުވުމުން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދަން އެންބިއުލާސްއަށް އެރުވީ އެވަގުތު އޭނައާއެއްކޮށް ތިބި ރަހުމަތްތެރިންނެވެ. ނަމަވެސް ވިޝާމާ އެންބިއުލާންސް އަށް އެރުވުމަށް ފަހު ރަހުމަތްތެރިން ފިލާފައި ވާކަމަށް ބައެއް މީޑިއާތަކުގައި ރިޕޯރޓް ކޮށްފައި ވެއެވެ.

މިމައްސަލާގައި ފުލުހުން ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެނައިރުވެސް ވިޝާމާ މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާކަމަށެވެ.

ޖަނަވަރީ 12 ވަނަދުވަހުވެސް މާލޭގެ ގެއަކުން މަރުވެފައި އޮތްޒުވާނަކު ވަނީ ފެނިފައެވެ. މަރުވެފައި އޮތްވާފެނުނީ މ. ރަމާގުލްޝަން ނަމަކަށް ކިޔާ ގޭގެ ތެރެއިން 27 އަހަރުގެ ފިރިހެނެކެވެ. މީގެ އިތުރުން ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި 23 އަހަރުގެ އަންހެނަކުވެސް ވަނީ ވަނީ ދޫނިދޫ ޖަލުގައި މަރުވެފައެވެ. މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުޤީޤިުކުރަމުންނެވެ.