English Edition
Dhivehi Edition

އެންދަމަން އުޅެނިކޮށް ގެނބިގެން ހދ. ނޮޅިވަރަމްގެ ޒުވާނަކު މަރުވެއްޖެއެވެ
ރައްޓެހިންނާ އެކު މަޖާކޮށްލުމަށް އެންދަމަން ގޮސްގެން އުޅެނިކޮށް މަރުވެފައިވަނީ ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ އުމުރުން 21 އަހަރުގެ އަހުމަދު މުހައްމަދެވެ.އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ހާބަރ ކްރާފްޓް ލޯންޗުގައި އެ ޒުވާނާ ކުޅުދުފުއްޓަށް ގެންގޮސްދީފައި ވަނީ 17:25 ހާއިރުކަމަށެވެ
އެ ހާދިސާ ހިނގިއިރު ދޯނީގައި ހުރި މީހަކު ‘ސަން’ އަށް މައުލޫމާތުދެމުން ބުނެފައިވަނީ އެ ހާދިސާ ހިނގިއިރު ދޯނީގައި 15 މީހުން ތިބި ކަމަށާއި އެ ޒުވާނާއާ އެކު މޫދުގައި ހަތް މީހަކު ތިބި ކަމަށެވެ.އަދި އެ ޒުވާނާ މޫދަށް ފައިބާފަ ދާލީ ކަމަށާއި އެއްވެސް މީހަކަށް އޭރު އޭނާއަށް ކަމެއްވެގެން އުޅޭކަމެއް ނޭގޭ ކަމަށެވެ. އަދި ފަހުން ބެލިއިރު އޭނާގެ އުނަގަނޑުގައި ވަލެއް އޮޅިފައި އޮތުމުގެ ސަބަބުން ގިނަ އަދަދަކަށް ލޮނު ބޮވިފައިވާކަމަށެވެ. މީގެ އިިތުރުން އޭނާ ބުނެފައިވަނީ އެ ޒުވާނާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ
އަހުމަދު މުހައްމަދު ރަށަށް ގޮސްފައިވަނީ ޗުއްޓީއެއްގައި ކަމަށް އެ ރަށުން މައުލޫމާތު ދިން ފަރާތުންވަނީ ބުނެފައެވެ