English Edition
Dhivehi Edition

އިނގިރޭސި މީޑިއާތަކުން ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަމާޒުކޮށް މާގިނައިން ޒާތީ ސުވާލުކުރާތީ ޕޯޗުގަލް ކޯޗު ރޮބާޓޯ މާޓިނޭޒް ރުޅިގަދަވެއްޖެއެވެ.

ޔޫރޯ 2024 ގެ ގްރޫޕް އެފްގައި މިރޭ ތުރުކީއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރީން، ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ރޮނާލްޑޯއަށް އަމާޒުކޮށް އިނގިރޭސި މީޑިއާތަކުން ވަނީ ޒާތީ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ.

އެގޮތުން ޕޯޗުގަލް ޔޫރޯ ސްކޮޑުގައި ރޮނާލްޑޯ ހިމަނާފައިވާތީ އާއި ޒުވާން ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިންނަށް ފުރުސަތު ނުދީ ރޮނާލްޑޯއަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދެނީ ކީއްބެތޯ އިނގެރޭސި މީޑިއާތަކުން ވަނީ ސުވާލުކޮށްފައެވެ.

މި ސުވާލުތަކަށް ޖަވާބުދެމުން މާޓިނޭޒް ބުނީ ރޮނާލް އަކީ ޓީމުގެ ކެޕްޓަން އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ކަމަށާއި ރޮނާލްޑޯއަށް ފުރުސަތު ދެނީ ސަބަބެއް ނެތިއެއް ނޫންކަމަށެވެ.

އަދި ކިޔާ ނަމަށް ބަލާފައި އެއްވެސް ކުޅުންތެރިއަކު ޕޯޗުގަލް ސަކޮޑުގައި ހިމަނާފައި ނުވާނޭކަމަށާއި ސްކޮޑަށް ކުޅުންތެރިން ނެގީ ކުޅޭ ފެންވަރަށާއި ޤާބިލުކަމަށް ބަލާފައިކަމަށް މާޓިނޭޒް ބުންޏެވެ.

އަދި ރޮނާލްޑޯ އަކީ އެއްވެސް މީހަކަށް ފާޑުކިޔޭވަރަށް ވުރެ، ކަމަށް ގާބިލު މޮޅު ކުޅުންތެރިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މާޓިނޭޒް ބުނީ ރޮނާލްޑޯއަކީ ދެވަނައެއް ނެތް ލީޑަރެއް ކަމަށާއި އޭނާއާއި މެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ. އަދި ރޮނާލްޑޯއަށް ފާޑުކިޔޭނެ އެއްވެސް ޖާގައެއް އެއްވެސް ފަރާތަކަށް ނޯންނާނޭކަމަށް މާޓިނޭޒް ބުންޏެވެ.