އއ. އުކުޅަހު ރަންތަރި ގެސްޓް ހައުސްގައި، ބެހެއްޓި ކްރިސްމަސް ގަހެއް ނަގައިފިއެވެ.
ރަންތަރި ގެސްޓް ހައުސް ކައިރީ ޣައިރު ދީނެއްގެ ދުވަހެއް ފާހަގަކުރުމަށް ކްރިސްމަސް ގަހެއް ބެހެއްޓުމާއި ގުޅިގެން އެ ރަށުގެ ރައްޔިތުންވަނީ އެކަމާއި ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ވަނީ ކޮށްފައެވެ. މި މުޒާހަރާގެ ބައިވެރިން ވަނީ މުސްލިމް ގައުމެއްގައި މިފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް ޖާގަ ނުދޭނެކަމަށް ބުނެ އަޑު އުފުލާފައެވެ.
މީގެ އިތުރުން އެ ރަށުގެ ރައްޔިތުންވަނީ މި ކަން ރަށު ކައުންސިލާއި، ފުލުހުންގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. އަދި ރައްޔިތުން ކުރަމުން ދިޔަ މުޒާހާރާ ހުއްޓާލާނީ އެ ގަސް ނެގުމުން ކަމަށް މުޒާހަރާގެ ބައިވެރިން ވަނީ ބުނެފައިވާއިރު ކައުންސިލުންނާއި ފުލުހުން އެންގުމުން ވެސް ގެސްޓު ހައުސް އިން ވަނީ ގަސް ނެގުމަށް ފުރަތަމަ ދެކޮޅު ހަދާފައެވެ. އެހެންނަމަވެސް ކައުންސިލުން ގެސްޓު ހައުސްގެ ވެރިންނަށް އެއީ މަނާ ކަމެއް ކަން އަންގުމުން މިހާރު ސުލްހަވެރިކަމާއެކު އެ ގަސް ވަނީ ނަގާފައެވެ.
މިދިޔަ އަހަރުގެ ކްރިސްމަސް ޗުއްޓީގައި ވެސް ކ. މާފުށީގައި ބަހައްޓަން އުޅުނު ކްރިސްމަސް ގަހެއް ފުލުހުންގެ ބެލުމުގެ ގެންގޮސްފައިވެއެވެ.