English Edition
Dhivehi Edition

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ 24 އަހަރުގެ ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާނުކުރީ ޏ. ފުވައްމުލަކު، ދިގުވާގަނޑު/ އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ)އެވެ.

ފުލުހުން ވިދާޅުވީ، އިޔާޒް ވަސީމް، އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެެވެ.

ފުލުހުން ވިދާޅުވީ، އޭނާ އެންމެ ފަހުން ފެނިފައި ވަނީީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ފުލުހުންގެ ސްޓޭޝަން ނަމްބަރު 9400053 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

މިފަހުން މާލެއިން ވެސް ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު ހޯދަން އިއުލާނުކުރިއެވެ. ހޯދަން އިއުލާނުކުރި ދުވަހުގެ ރޭ އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.