English Edition
Dhivehi Edition

ށ. ފުނަދޫ ގެއެއްގެ ގޭސް އުދުން ރޯކުރަން އުޅެނިކޮށް ބަނގްލަދޭޝް މީހެއްގެ ގައިގައި ރޯވެ ފިހިއްޖެއެވެ.

ފުލުހުން ވިދާޅުވީ އެމީހާގެ ގައިގައި ރޯވީ އުނދުނުން ގޭސް ލީކުވެފައި ހުއްޓައި އޭނާއަށް އުނދުން ރޯކޮށްލެވުމުން ކަމަށެވެ. އެ ހާދިސާ ހިނގީ އެރަށުގައި އެމީހާ އުޅޭގޭގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 4:15 އެހައިކަންހާއިރުއެވެ.

ހާދިސާއަށްފަހު ށ.އޮތޮޅު ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން މިހާރު ގެންދަނީ އެމީހާއަށް ފަރުވާދެމުންނެވެ. ފުލުހުން ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ށ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހަސަން އިސްމާއީލް ވިދާޅުވީ އެމީހާގެ ގައިގެ 44 އިންސައްތަ ފިހިފައިވާ ކަމަށެވެ. ފިހިފައިވަނީ ދެ ފައިގެ ކަކުލުހުޅުން ތިރިއާއި ދެއަތުގެ އުޅަބޮށިން ތިރިއާއި، ކަނދުރާއި، މޫނު ކަމަށްވެސް ހަސަން އިސްމާއީލް ވިދާޅުވިއެވެ.

މިހާދިސާގައި ބަދިގެއަށްވެސް އަދި މުދަލަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.