English Edition
Dhivehi Edition
ވިލިނގިލީ ދަނޑުގައި އޮތް މެޓެއްގައި /އަލިފާން ރޯވެ ފައި/

ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ނޮޅިވަރަމް ފުޓްސަލް ދަނޑުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 5:34 އެހާކަތްހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު ފުލުހުން ބުނީ މި މައްސަަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ފުޓްސަލް ދަނޑުގައި ހިނގި އަލިފާނުގެ ހާދިސާގެ އިތުރުން ރޭ މާލޭގައިވެސް ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. މި ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާއިރު -ފަސް ސައިކަލު ބޭނުން ނުކުރެވޭ ވަަރަށް ވަނީ އަނދާފައެވެ.