English Edition
Dhivehi Edition
އީދު ނަމާދު

މާލެ ސަރަހައްދުގެ 28 ތަނެއްގައި އަޟްހާ އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މޫސުން ގޯސްވެ މައިދާންތަކުގައި ކުރަން ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަންޖެހިއްޖެ ހާލަތެއްގައި މާލޭގެ އީދު ނަމާދު ކުރާނީ ހުކުރު ކުރާ މިސްކިތްތަކުގައި ކަމަށެވެ. އަދި މައިދާންތަކުގެ އިތުރުން މިސްކިތްތަކުގައިވެސް އަންހެން ކަނބަލުންނަށް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ:

  • މާފަންނު ސްޓޭޑިއަމް
  • އަދި ހުޅުމާލެ ފޭސް 1 ގެ ބޮޑު ޖަމާއަތް ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) ސަރަހައްދު
  • ފޭސް 2 ގެ ބޮޑު ޖަމާއަތް ކްރިކެޓް ސްޓޭޑިއަމް ސަރަހައްދު
  • ވިލިމާލޭގެ ބޮޑު ޖަމާއަތް އޮންނާނީ ވިލިނގިލި ބޯޅަދަނޑުގައި

ކުރިން އީދު ނަމާދު ފަށަނީ 7:30 ގައި ނަމަވެސް މިދިޔަ ފިތުރު އީދު ދުވަހުން ފެށިގެން ރާއްޖޭގައި އީދު ނަމާދު ފަށާ ގަޑި ވަނީ ހެނދުނު 7:00 އަށް އަވަސްކޮށްފައެވެ.