English Edition
Dhivehi Edition

މިއަހަރުގެ އަޟްހާ އީދުގެ ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް އައްޑޫގައި ހަމަޖައްސާފައިވަނީ މަރަދޫ އާއި ހުޅުމީދޫގައި ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

އެހެން އަހަރު ތަކާ ޚިލާފަށް އައްޑޫސިޓީ ކައުންސިލާއި އައްޑޫގެ ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން “އައްޑޫ އީދި ސަމާ” ގެ ނަމުގައި އީދު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާ ރަސްމީކޮށް އެހަރަކާތް ކުރިއަށް ގެންދާނީ ހުޅުމީދޫ އަދި މަރަދޫގައި ކަމަށް ވަނީ ނިންމާފައެވެ. އެހެންކަމުން ހުރިހާ ރަށެއްގައި އީދުގެ ބޮޑު ޖަމާއަތުގެ ނަމާދު ކުރުމުގެ ބަދަލުގައި ކައުންސިލުން ވަނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް އެ ދެއަވަށުގައި ކުރާގޮތަށް ހަމަޖައްސަވާފައެވެ.

މިގޮތުން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމަށް މިއަހަރު ހަމަޖެހިފައިވަނީ މަރަދޫ ކުޑަކުދިންގެ ޕާކުގައާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަން ދަނޑުގައެވެ.

މީގެ އިތުރުން އައްޑޫސިޓީގެ ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދު ކުރެވޭނެ ކަމަށް ކައުންސިލުން ވަނީ އާންމުކޮށް އަންގަވާފައެވެ.