English Edition
Dhivehi Edition
މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ފަލަސްތީނަށް އެހީވުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ފަރާތުން ދެ ލައްކަ ރުފިޔާ ހަދިޔާކޮށްފިއެެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމުން “ފަލަސްތީނާއެކު ދިވެހިން”ގެ ނަމުގައި ކުރިއަށްގެންދާ ހާއްސަ ޓެލެތޯނު ޝޯ އަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

އެ ގޮތުންރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ މަޖިލީސް މެންބަރުންގެ ފަރާތުން ފަލަސްތީން ފަންޑަށް ވަނީ ހަދިޔާކުރެއްވި ދެލައްކަ ރުފިޔާ އާއި ޕީއެސްއެމްގެ ފަރާތުން ހަވާލުވެލެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރެވެ.

މި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އެންމެ ބާރަށް ވިންދު ޖަހާ އެންމެ ކަންބޮޑުވުން އޮތް އެއް މައްސަލައަކީ ފަލަަސްތީނުގެ މައްސަލަ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސް އިސްނަންގަވައިގެން ފެއްޓެވި ޓެލެތޯންގައި ރައްޔިތުން ތަމްސީލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

‘ފަލަސްތީނާއެކު ދިވެހީން’ ހާއްސަ ޓެލެތޯނު ކުރިއަށް މިރޭ 12 ޖެހުމާ ހަމައަށް ކުރިއަށް ދާއިރު މި ހަރަކާތުގައި ބައިވެރިވުމަށް، ފަންޑު ފޮށިތައް ކައިރިއަށް ނުދެވޭ މީހުންނަށް، އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު މިކަމަށް ހާއްސަ ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ.

  • ދިވެހި ރުފިޔާ – 7730000655865 – ނަން: ފަލަސްތީނާ އެކު ދިވެހީން
  • ޑޮލަރު – 7730000655866 – ނަން: ފަލަސްތީނާ އެކު ދިވެހީން