English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫ ރަސްގެދަރާއި ބޭރުމަތި ދާއިރާގައި އައުޓްޑޯ ޖިމް ޤާއިމް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްހޯދަން އިޢުލާން ކޮށްފިއެވެ. އައުޓްޑޯ ޖިމް އިކުއިޕްމެންޓްސް ސަޕްލައިކުރުމާއި ޖިމް ޤާއިމްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައި ވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިންނެވެ.

މި އިޢުލާނުގައި ހިތަދޫގެ 2 ޖިމްގެ އިތުރުން ހއ. ދިއްދޫ އާއި ގދ. ވާދޫގައިވެސް އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފައިވެއެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މި މަހުގެ 13 ވަނަ ދުވަހު ހެނދުނު 11:00 ގައެވެ.

އެ ވުޒާރާއަށް މިކަމަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ހުންނަނީ ސަރުކާރުގެ ގިނަ އޮފީސްތަކެއްވެސް ހުންނަ ވެލާނާ ބިލްޑިންގ ގެ 3 ވަނަ ފަންގިފިލާ ގައެވެ.