English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

މާލެ މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޭ ރޯކޮށްލައިފިއެވެ.

ފުލުހުން ބުނީ ހޮޓެލް ޖެން ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލާފައިވާކަމުގެ ރިޕޯޓް 3:03 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަލިފާން ރޯވުމާއި ގުޅިގެން 7 ސައިކަލާއި ވޭނަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ ތެރެއިން 3 ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަދާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް އަލިފާން ރޯކޮށްލި މީހާ ދެނެގަނެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޓެގު