އަދުލު އިންސާފު ގާއިމު ކުރުން ލަސްވަމުންދާ ކޮންމެ ދުވަހަކީ އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ދުވަސްތަކެއް ކަމަށް މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ ގައި ނާޒިމް ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރުން ލަސްވަމުންދާ ކޮންމެ ދުވަހަކީ އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ދުވަސްތަކެއް ކަމަށެވެ.
ނުނިމި ހުރި މައްސަލަތަކުގެ ބައެއް އަދަދުތައް ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ މަދަނީ ކޯޓުގައި 17 ފަނޑިޔާރުން ތިއްބެވިއިރު 4000 އެތައް މައްސަލައެއް އެބައޮތް ކަމަށެވެ. އަދި އެންމެ މަދުން މައްސަލަ އޮތް ފަނޑިޔާރު އަތުގައިވެސް 112 އެބައޮތްކަމަށް ކަމަށާއި އެންމެ ގިނަ މައްސަލަ އޮތް ފަނޑިޔާރު އަތުގައިވެސް ފަސްސަތޭކަ އެތައް މައްސަލައެއް އެބައޮތް ކަމަަށެވެ. އެހެންކަމުން މަޖިލީހުގެ ފަރާތުން ޖަވާބުދާރީ ކުރުވި މި މައްސަލަތައްވެސް އަވަސްވެގެން ދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވިދާޅުވީ މި ސަރުކާރުން ގެންދަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކުރަން ނުކެރުނު އެތައް މައްސަލައެއް ހައްލުކުރަމުން ކަމަށެވެ. އެގޮތުން ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާ މަންޒަރު މިހާރު ފެންނަމުންދާއިރު، ޖުޑިޝަރީ އިސްލާހުކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އެއްކަންކަމުގައިވާ ޖުޑިޝަލް ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށެވެ.