English Edition
Dhivehi Edition

ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއި ކުރައްވައިފިއެވެ.

ރޭ ޕީއެންސީގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ރަމީޒުގެ މެންބާޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މިރަސްމިއްޔާތުގައި ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދީފައިވަނިކޮށް ރައީސް މުއިއްޒަށް އެ ޓިކެޓް ހޯދައިދިނުމަށް މަސައްކަތްކުރެއްވިކަމުގެ ތުހުމަތުގައި ރަމީޒުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީންވަނީ ބަލާފައެވެ. އެހެން ނަމަވެސް ކޮމިޓީގެ ނިންމި ގޮތް އިއުލާންކުރުމުގެ ކުރިން ރަމީޒު ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފައެވެ.

ސަރުކާރުގެ ހިންގާ މައި ޕާޓީ ޕީއެންސީ އާއި ރަމީޒު ގުޅިވަޑައިގެންނެވި އިރު އެ ޕާޓީން އަންނަނީ ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ،